އަޅުގަނޑަކީ ޤާނޫނީ ވަކީލެކެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާނީ 2018 ވަނަ އަހަރެވެ.
ޔުނިވަރސިޓީ ޙަޔާތް ހޭދަކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. އެ ގޮތުން، ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް) އާއި، ސިޔާސީ ޢިލްމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވާނެއެވެ.
ޤާނޫނީ ދާއިރާއިން ކިޔެވުމަށްފަހު، މަސައްކަތްކޮށްފައިވާނީ ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް، އަޙްމަދު މުޢިއްޒުގެ އަރިހުގައެވެ. އެއަށްފަހު، 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރއެއްގެ މަޤާމުގައި މަސައްކަތްކުރިއިރު، މުހިއްމު ބޮޑެތި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ކޯޓެއްގައި ވަކާލާތުކޮށްފައިވާނެއެވެ.
މި ބްލޮގް ލިޔުމުގެ މައިގަނޑު މަޤްޞަދަކީ އަޅުގަނޑުގެ އަމިއްލަ ވިސްނުންތައް ހާމަކުރުމާއި، ކުރިއަށްދާ މަސައްކަތްތަކުން ދަސްވާ އައު ކަންތައްތަކާއި ހޯދުންތައް ފޯރުކޮށްދިނުމެވެ. އަޅުގަނޑުގެ އުންމީދަކީ މި ލިޔުންތަކުގެ އެހީގައި، އަޅުގަނޑުގެ އިތުރުން ކިޔުންތެރިންނަށް ކުޑަ ނަމަވެސް މަންފާއެއް ލިބިގެންދިއުމެވެ.
